އާރް އެސް އެސް ފީޑް

May 23, 2010

އިސްލާމް، ދިވެހި ނައްތާލުމުގެ މޭސްތިރި


ލިޔުނީ:މުޝްރިފް
ސަލީބީން މުސްލިމުންނާއި ދެކޮޅަށް ކަނޑިބަޑިން ކުރަމުންއައި ހަނގުރާމައިގައި މުސްލިމުން ބަލިކަށްނުލެވުމުން ދެން ބެލީ އެހެންގޮތަކުން މުސްލިމުން ބަލިކޮށްލެވޭތޯއެވެ. އެގޮތުން މުސްލިމުންގެ ސިކުނޑިތަކާއި ކުޅެލުމުގެ ހަނގުރާމަ ނުވަތަ ފިކުރީ ހަނގުރާމަ ފެށިއެވެ. މިގޮތުން މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުވުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަން ފެށިއެވެ.

އޭމިހިރަފެންނަ އިންސާނާއެވެ.


ލިޔުނީ: ހިލްމީ
އޭމިހިރަފެންނައިންސާނާއެވެ. ކުޑަކުޑަމިސާލެކެވެ. ތިބާގެ ބައްޕަޔަކީ ކާކުކަން މަންމަޔަކީ ކާކުން އިޙްތިޔާރުކުރުމަށް ދޫނުކުރެވޭފަދައިން އިސްލާމްންނަށް އިސްލާމް ދިވެހިންނަށް ދިވެހި އިޙްތިޔާރީއެއްނުކުރެވޭނެކަން ތިބާދަންނާށެވެ.

May 21, 2010

ސަރަނގު ބޭނުންވަނީ ބަންގި ބަދަލުކުރަން


އެއްވެސް  ކަމެއް މިވެނިގޮތަކަށްކުރާށޭ ބުނާތި އެކަމެއް ނުކުރެވޭ ކަމުގައި މާލޭ މުނިސިޕަލްޓީގެ ރައީސް އަލްއަޚް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ. އާދަމް މަނިކު ވިދާލުވިގޮތުގައި ސިގިރޭޓަކީ ޞިއްޙަތަށް ގެއެލުންހުރި އެއްޗެއްކަމުގައި ޞިއްޙީ މާހިރުން އަބަދު ވިދާޅުވަމުންގެންދަވާތީ އެބޭފުޅާއަށް ސިގިރޭޓް ހިއްޕެވުމުގެ ނުރަގަޅުއާދަ ދޫކޮށްނުލެވިގެން އުޅުއްވަނީ ކަމުގައެވެ. އަދި ކުދިން ކައިރީ އިސްލާމްދީނަށް އުޅޭށޭބުނާ ކަމަށްވައްޏާ އެކުދިން އެގޮތަށް ނޫޅޭނެކަމަށް އެބޭފުޅާ ޤަބޫލުކުރައްވާކަމުގައެވެ. އަދިހަމައެހެންމެ ދީނީ ތަޢްލީމު ދަރިވަރުންނަށް އުނގަންނައިދޭން އުޅޭކަމަށް ވައްޏާ އެކުދިން އެއާއި ދުރަށްދާނެކަމުގައި ވެސް އާދަމް މަނިކު ދެކެވަޑައިގަންނަވައެވެ.

May 20, 2010

މިސަރުކާރުގެ ޔަހޫދީ ވައުދުތައް!!! (އަޕްޑޭޓް ކުރެވިފައި)




ނޯޓު: މިލިޔުމަކީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ކައިރިން ބަލާ ދިރާސާކުރާ މީހެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެކެވެ. އަދި މިލިޔުން ވީހާވެސް ގިނަބަޔަކާ ހިއްސާ ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

ރައްޔިތުންނަށްވީ ވައުދުތަކާއި، ސިއްރުން ޔަހޫދީންނަށްވީ ގިނަގުނަ ވައުދުތަކާއެކު މިސަރުކާރު ވުޖޫދަށް އައީ ވަރަށް ފޮނި އުއްމީދުތަކާއެކުގައެވެ. އެތައްބަޔަކު ހެއްވަމުން އެތައްބަޔަކު ރޮއްވަމުންނެވެ. ސަރުކާރު ފެށޭތާ 15 ދުވަސްތެރޭގައި 300 މިލިޔަންޑޮލަރު ޔަހޫދީންއަތުން ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ރައްޔިތުންތިބީ ވައުދުތަށް ފުއްދޭނެކަމުގެ ފުރިހަމަ އުއްމީދުގައެވެ. ޔަހޫދީން އެއަށްވުރެ އުއްމީދުގައެވެ. ނަމަވެސް ފުރަތަމަ ފަނަރަ ދުވަސްތެރޭ ޔަހުދީންގެ އެއްމެ ވައުދެއްވެސް ފުއްދައިދެވޭހާ ހިއްވަރެއް ރައީސް ނަޝީދަކަށް ނުލިބުނެވެ. ނަތީޔާއަކީ 300 މިލިޔަން ޑޮލަރު ނުލިބުމެވެ. ނަމަވެސް ރައީސް ނަޝީދު ހިއްވަރު ދުލެއްނުކުރައްވައެވެ. ދިވެހި ރައްޔިތުންގެ ހައްގުގައެވެ. (ހިއްވަރު ކޮށްލާފައި ކުރިޔަށް ކިޔަމުން ގެންދާށެވެ)

May 19, 2010

ދާޚިލީ ހަނގުރާމައެއް ފެށެނީބާ..........!!!!!!!!!!!!!!!!!!


ދިވެހިރާއްޖެ ދާޚިލީހަނގުރާމައަކާ ދިމާއަށް

ލިޔުނީ: އިބްން އަލީ
ޖައްވުހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފެލޭވާހަކަ، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ވާހަކައަކީ އަލުގަޑުމެންގެ ވެރިން ވަރަށްގިނައިން ދައްކަވައި އުޅުއްވާ ވާހަކައެކެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވެރިކަމާއި ޙަވާލުވިތާ ކުރީކޮޅު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭވަރުގެ ބިމެއް އެހެންކޮންމެވެސް ޤައުމަކުން ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

May 18, 2010

ކިހިނެތް ޤަބޫލުކުރާނީ؟؟

ގުއަންޓަނާމޯބޭ އިން ޓެރެރިސްޓުން ރާއްޖެ ގެނައުމަށް މިހާރުގެ ރައީސް ފައިވިއްދާލައިގެން މިއުޅެނީ އަނެއްކާ ކޮންކޮޅަކުން އިރުއެރީބާއެވެ؟..

މީ އަޖައިބެކެވެ.. ބޮޑު އަޖައިބެކެވެ. މިކަމުގައި ފޮރުވިފައިވާ ކޮންމެސް ކަންތައްގަނޑެއް އުޅޭހެން ބަކުރުބެއަށް އެބަ ހީވެއެވެ. މިހެން މިބުނީ ކުއްލިއަކަށް މިގައުމުގެ މިހާރުގެ ރައީސް އިސްލާމް ދީނަށް މާ ބޮޑަކަށް ލޯބިވެ އިސްލާމީ "އަޚުން" ކޮޅެއް މާލެ ގެނައުމަށް ވަރަށް އަވަދި ނެތި މަސައްކަތް ކުރައްވާތީއެވެ. ކާފަރުންގެ ޖަލަކުން މުސްލިމް އަސީރުން ކޮޅެއް ސަލާމަތް ކޮށް އެކަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން އުޅޭތީއެވެ. އަދި މިކަމާ އިދިކޮޅަށް ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ފަސް އެނބުރި ނުބަލާނެ ކަމަށާއި އިތުރަށް އެވާހަކަދައްކާ ޖަވާބުދާރީ ނުވާނެކަމަށް ވަނީ ބުނެފައެވެ. ހައިރާން ވަނީ މިހެންވެގެންނެވެ. ތިރީގައި މިލިޔެލަނީއެވެ....

May 17, 2010

ނުލަފާ ޖައްބާރު ސަނގަރު އާދަމް މަނިކު


މާލެ މުނިސިޕަލްޓީގެ ރައީސްކަން ކުރާ ނުލަފާ ޖައްބާރު ސަރަންގު އާދަމް މަނިކު އިސްލާމިކް މިނިސްޓަރ އަށް ބަވާލައިފި

ލިޔުނީ: ސައިފް ރަސްގެފާނު
ސަރަނގު އާދަންމަނިކުފަދަ ޔަހޫދީންގެ ކިބައިން މިގައުމުސަލާމަތް ކުރުމަށް އެންމެހާ މުސްލިމުން ތެދުވުމަކީ ޤައުމީ ވާޖިބެކެވެ.

މާލެ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު އިސްލާމިކް މިނިސްޓަރ އަށް ވަރަށް ހުތުރުކޮށް ބަވައިފިއެވެ. ވަރަށް ބޭއަދަބީ ކޮށް ރުޅި ގަދަވެގެން އާދަމް މަނިކު ބަވާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. މިކަން ހިނގަން މެދުވެރިވީ ޑޮކްޓަރ ޒާކިރު ނައިކްގެ ދަރުސްބޭއްވުމަށް ތަނެއް ހޯދުމަށް އެދި ދެންނެވުމުގައެވެ. އާދަމް މަނިކު ވިދާޅުވަނީ ކާނިވާ ސަރަޙައްދުކައިރީގައިވާ ތަނެއްވެސް ނުލިބޭނެކަމުގައެވެ.

May 16, 2010

ދެފާދިރީން ރާއްޖެ ގެންނަނީޔޯ!

ލިޔުނީ: ފާތުން
ރާއްޖެއަށް ގެންނަންމިއުޅެނީ ދެފާދިރީން !

ގުއަންޓަނާމޯބޭ ޖަލުގައިތިބި ކުށްވެރިންގެ ތެރެއިން ދެމީހެއްކަމަށްބުނެ ދިވެހިސަރުކާރުން ރާއްޖެއަށް ގެންނަން މަސައްކަތްކުރަމުން ގެންދަނީ ނަޞާރާދީނުގެ ދެފާދިރީން ކަމުގައި ނަންހާމަނުކުރުމަށް ބެނުންނުވާ ރައީސްއޮފީހުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. މިކަމަކީ ދިވެހިސަރުކާރުގެ މިހާރުގެ ޢަމަލުތަކަށް ބަލާއިރު ނުވުމަށްވުރެން ވުން ކާރިކަމެކެވެ. ސަބަބަކީ މިފަދަ ކަންތައްތައް މަނާކޮށްފައިވާ، ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމާއިބެހޭ ޤަވާޢިދު ސަރުކާރު ގެޒެޓްގައި ޖެހުމަށް އެދި އިސްލާމިކް މިނިސްޓްރީން ފޮނުވުމުން ރައީސް އޮފީހުން ވަނީ ޖަހާނުދީފައެވެ. އަދި ތަޢްލީމީ މަންހަޖުން އިސްލާމް މާއްދާ މަތީޡާނަވީގެ ދަރިވަރުންނަށް ވަނީ އުނިކޮށްފައެވެ.

May 15, 2010

ރައްޔިތުންނަށް ދޮގުހެދުންނޫންކަމެއް ޕްރެސް ސެކްރެޓަރީއަށް ހަމަނެތީ ތޯއެވެ. ؟


ލިޔުނީ: މުސްރިފް
ގުއަންޓަނާމޯބޭޖަލަކީ އެތަނެއްގައި، ކުށެއްނެތް އެތައްމުސަލިމުންނަކަށް މިފަހުގެ ތާރީޚުނުދެކޭފަދަ ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާ ތަނެކެވެ. މިޖަރީމާތައް ހިންގާފައިވަނީ ދުނިޔޭގެ އެންމެބޮޑުބާރު އަދި އެންމެބޮޑު ޓެރަރިސްޓް އެއްޤައުމުކަމުގައިވާ އެމެރިކާ ސިފައިންނެވެ. ކުށެއްސާބިތު ނުވާހާލުގައެވެ. ހަމައެކަނި މުސްލިމުންނަށްވީތީއެވެ. މިއަދު ދުނިޔޭގެ ލަދަށް އެމްރިކާއިން ނިންމީ އެޖަލުބަންދުކުރާށެވެ. މުޅިދުނިޔޭގެ ފާޑުކިއުންތަކާއި ހުރެއެވެ.

May 14, 2010

މިނިވަން އޮންލައިން ގެ އެނބުރި އައުން

އައްސަލާމް އަލައިކުމް.
އެންމެހާ އަޚުންނާއި އުޚުހުތުންނާ އަނެއްކާވެސް މި ބައްދަލު ކުރީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަން ކަމުގެ ބޭނުންކޮށްގެން ތިޔަ އެންމެހާ ފަރާތްތަކަށް ތަފާތު ލިޔުންތަކެއް އަދި މައުލޫމާތު ތަކެއް ގެނެސް ދިނުމަށް ޓަކައެވެ.