އާރް އެސް އެސް ފީޑް

May 15, 2010

ރައްޔިތުންނަށް ދޮގުހެދުންނޫންކަމެއް ޕްރެސް ސެކްރެޓަރީއަށް ހަމަނެތީ ތޯއެވެ. ؟


ލިޔުނީ: މުސްރިފް
ގުއަންޓަނާމޯބޭޖަލަކީ އެތަނެއްގައި، ކުށެއްނެތް އެތައްމުސަލިމުންނަކަށް މިފަހުގެ ތާރީޚުނުދެކޭފަދަ ލާއިންސާނީ އަނިޔާތަކެއް ކޮށްފައިވާ ތަނެކެވެ. މިޖަރީމާތައް ހިންގާފައިވަނީ ދުނިޔޭގެ އެންމެބޮޑުބާރު އަދި އެންމެބޮޑު ޓެރަރިސްޓް އެއްޤައުމުކަމުގައިވާ އެމެރިކާ ސިފައިންނެވެ. ކުށެއްސާބިތު ނުވާހާލުގައެވެ. ހަމައެކަނި މުސްލިމުންނަށްވީތީއެވެ. މިއަދު ދުނިޔޭގެ ލަދަށް އެމްރިކާއިން ނިންމީ އެޖަލުބަންދުކުރާށެވެ. މުޅިދުނިޔޭގެ ފާޑުކިއުންތަކާއި ހުރެއެވެ.


އެމެރިކާއިން ހިންގިޖަރީމާގެ ހުރިހާޒިނަމާއެއް މިއަދު އުފަލަންމިޖައްސަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެވެ. ޚާއްޞަކޮށް ދިވެހިރާއްޖެފަދަ ފަގީރު ޤައުމުތަކުގެ ވެރިންނަށް ފައިސާގެ ދަޅަދައްކައިގެންނެވެ. މިހާރަކަށްއައިސް އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ ގުއަންޓަނާމޯބޭ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު މީހުންގެތެރެއިން ބަޔަކު ދިވެހިރާއްޖެ ގެންނަން ސަރުކާރުންއުޅޭ ވާހަކައެވެ. އެމެރިކާ ސަރުކާރުން އެމީހުން ބަންދުކޮށްގެން ގެންގުޅެ އެތަކެއް އަނިޔާތަކެއް ކުރުމަށްފަހު އެމެރިކާ އެކަމުން ރެކެންވީމައި އެހެންމީހުންގެ ބޮލަށް އެބުރަޖަހަން އުޅޭކަމީ ހައިރާންވާން ޖެހޭ ކަމެކެވެ. އަދި އެއަށްވުރެން ބޮޑަށް އަންތަރީސްވާންޖެހޭކަމަކީ ދިވެހިރާއްޖޭގައި މިހާރު ވެރިކަންކުރަމުން ދާމީހުން މިކަމާއި ހަވާލުވާން ފޫގަޅާފައިތިބިކަމެވެ. އަދި މިކަމުގައި އެމްޑީޕީގެ ދެފުށްފެންނަ އެތެރެނުފެންނަ ސަރުކާރުންވަނީ ރައްޔިތުންނަށް ދޮގުތަކެއް ހަދާފައެވެ. އެމީހެއްގެ ޒިންމާއަކީ ރައްޔިތުންނަށް ދޮގުހެދުންކަމަށް ވެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު މިކަމުގައި ހެދިދޮގުތައް ފަޅާއަރުވާލީ އިދިކޮޅު ޑީއާރުޕީއެވެ. އެންމެފަހުން ސަރުކާރުންވަނީ މިކަމާ އިޢްތިރާފުވެސް ވެފައެވެ.

ގުއަންޓަނާމޯބޭ ޖަލުގައި ތިބިމީހުންގެ ތެރެއިން ބަޔަކުރާއްޖޭއަށް ގެންނަން ސަރުކާރުން އުޅޭއުޅުން ދިފާއުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މުޝީރު އަލްއަޚް ޙަސަން އަފީފު ވިދާޅުވެފައިވަނީ މިކަމަކީ އިސްލާމްދީނަށާއި މުސްލިމުންނަށް ހެޔޮއެދޭތީ ކުރައްވާކަމެއް ކަމުގައެވެ. އަދި މިކަމަށް އިންކާރުކުރާމީހުންނަކީ އިސްލާމުންނަށް ހެޔޮނޭދޭމީހުންކަމުގައެވެ. ނަމަވެސް މިކަމުގައި ފޮރުވިފައިވާ އެހެން ބޭނުމެއްވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. އެއީ ފަހަރެއްގައި މިކަމުގެ ބަދަލެއްގެ ގޮތުން އެމްޑީޕީއަށް ލިބެންއޮތް މާލީ މަންފާއަކަށްވެސް ވެދާނެއެވެ. ނުވަތަ ރައީސް ނަޝީދު ނޮބެލް ސުލްޙައިގެ އިނާމަށްކުރާ އުއްމީދަށް އޮތް ކުރިއެރުމަކަށްވެސް ވުމަކީ އެކަށީގެންވާކަމެކެވެ. އެހެނީ ގުއަނަޓަނާމޯބޭ ޖަލުގައި މީހުން ބަންދުކޮށްގެން އެމީހުނަށް އަނިޔާކޮށް އުޅުނީ އެމެރިކާ ސިފައިންނެވެ. ވީއިރު އެމީހުންގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ޚުދު އެމެރިކާ އިންނެވެ. އެމެރިކާއަކީ ބިންބޮޑު މުއްސަދި ޤައުމެކެވެ. އެމީހުނަށް ހިޔާވަހިކަންދެވޭނެ ބައެކެވެ. ވީއިރު އެޒިންމާ އެހެންބައެއްގެ ބޮލަށްޖަހާކަށް ނުޖެހޭނެއެވެ. އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވަންޖެހޭނީ އެމީހެކެވެ.

އެމްޑީޕީ ސަރުކާރުން އިސްލާމްދީނަށް މިހާލޯބިކުރާއިރު ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރުމުގެ ޤަވާޢިދު ސަރުކާރުގެ ގެޒެޓްގައި ޖެހުމަށް އިންކާރުކުރީ ކީއްވެގެންބާވައެވެ. އެމީހުން މާލޯބިން މިއުޅެނީ ހަމަ އިސްލާމްދީން ދެކެބާވައެވެ

0 ހިޔާލު:

ހިޔާލު ފާޅު ކުރައްވާ!