އާރް އެސް އެސް ފީޑް

May 16, 2010

ދެފާދިރީން ރާއްޖެ ގެންނަނީޔޯ!

ލިޔުނީ: ފާތުން
ރާއްޖެއަށް ގެންނަންމިއުޅެނީ ދެފާދިރީން !

ގުއަންޓަނާމޯބޭ ޖަލުގައިތިބި ކުށްވެރިންގެ ތެރެއިން ދެމީހެއްކަމަށްބުނެ ދިވެހިސަރުކާރުން ރާއްޖެއަށް ގެންނަން މަސައްކަތްކުރަމުން ގެންދަނީ ނަޞާރާދީނުގެ ދެފާދިރީން ކަމުގައި ނަންހާމަނުކުރުމަށް ބެނުންނުވާ ރައީސްއޮފީހުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. މިކަމަކީ ދިވެހިސަރުކާރުގެ މިހާރުގެ ޢަމަލުތަކަށް ބަލާއިރު ނުވުމަށްވުރެން ވުން ކާރިކަމެކެވެ. ސަބަބަކީ މިފަދަ ކަންތައްތައް މަނާކޮށްފައިވާ، ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމާއިބެހޭ ޤަވާޢިދު ސަރުކާރު ގެޒެޓްގައި ޖެހުމަށް އެދި އިސްލާމިކް މިނިސްޓްރީން ފޮނުވުމުން ރައީސް އޮފީހުން ވަނީ ޖަހާނުދީފައެވެ. އަދި ތަޢްލީމީ މަންހަޖުން އިސްލާމް މާއްދާ މަތީޡާނަވީގެ ދަރިވަރުންނަށް ވަނީ އުނިކޮށްފައެވެ.


އެމްޑީޕީ ސަރުކާރުގެ މިފަދަ ޢަމަލުތަކަށްބަލާއިރު މިކަމަކީ ބިރުގަންނަންޖެހޭ ކަމެކެވެ. އެބުނާދެމީހުންނަކީ ގުއަންޓަނާމޯބޭ ޖަލުން ގެންނަދެމީހުނަށްވުމަށްވުރެން ހުޅަގާއި އެމެރިކާގެ އެދުމުގެ މަތިން ދިވެހިރާއްޖޭގައި ނަޞާރާ ދިން ފެތުރުމުގެ މަސައްކަތަށް ގެންނަދެމީހުނަށް ވުމަކީ ވަރަށްގާތުގައިވާ ކަމެކެވެ. އެމެރިކާއިން ޖަލުގައި ގެންގުޅެ ޖަރުމަނުގެ ނާޒީންވެސް ލަދުގަންނަފަދަ ލާއިންސާނީ ވަހުޝީ އަނިޔާތަކެއް ކޮށްފައިވާ ބަޔަކު އެހެންޤައުމާކާއި ހަވާލުކުރާނެ ކަމަށް ޤަބޫލުކުރަން ވަރަށް ދައްޗެވެ. ސަބަބަކީ އެފަދަ ކަމެއްކޮށްފިއްޔާ އެމެރިކާ އިތުރަށް ފަޟީޙަތްވެގެންދާނެއެވެ. އަދި ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަނިޔާވެރިކަން އިތުރަށް ހާމަވެގެންދާނެއެވެ. އެފަދަ ކަމެއް ކުރާކަށް އެމެރިކާއިން ބޭނުމެއްނުވާނެއެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހިޤައުމާއި ރައްޔިތުން ވިއްކާލައިގެން ނަމަވެސް ނޮބެލްޕްރައިސް ހާސިލް ކުރައްވާށެވެ. މިވެރިކަމަކީ ފަސްއަހަރުގެ އެއްދައުރުގެ ވެރިކަމެއްކަން ޚުދު އެމަނިކުފާނަށްވެސް އެގިވަޑައިގަންނަވައެވެ. އެހެންވީމާ މިހާރު މަސަކައްކަތް ކުރައްވަމުން މިގެންދަވަނީ ދައުރުނިމުމުގެ ކުރިން ޔަހޫދީން ނާއި ނަޞާރާއިންގެ ރުހުން ލިބޭތޯއެވެ.

4 ހިޔާލު:

Anonymous said...

ﷲ ގެ ބިރު ފަހަނައަޅާ ގޮސް "ހައްދުފަހަނަޅާފައިވާ" ބަޔަކު ދެން ނުހަދާނެ ދޮގެއް ނުހަދާނެ މަކަރެއް އޮންނާނެހެނެއް ހިޔެއް ނުވެއެވެ. ވީމާ، ލާދީނީ ކޮންމެ ގަނޑެއްވެސް މިމީހުން ގަނެފާނެ ހެން ހީވާނެއެވެ. އެއީ "ގިނި ދުށް މީހާ ރަތްމަލަށް ބިރުގަންނާނެއޭ" ބުނާ އުޞޫލުން މި ސަރުކާރުގެ ލާދީނީކަން ހާމަވާ ކިތަންމެ ކަމެއް ފެންމަތިވެ ރައްޔިތުން "އަތްފޯރާ ފަށަށް" ގެނެސްދިފައިވާތީ އެވެ

Anonymous said...

faathun haadha bireh ganeyey dho faadhireen theke. thiya molhu dheen mathee thibey iru dhen evves bayaku kiyaa ehchakaa medhu thiya varah biru naganee keevvethoa?

Anonymous said...

އެއްވެސް ޝައްކެއް ނެތްގޮތުގައި ބިރުގަންނާނެއެވެ. އަދި ގަންނާނީކީ އަމަށަކު ބިރެއްނޫނެވެ. ނަމަވެސް ކޮންމެކޮންމެ މީހަކު ބިރެއް ނުގަންނާނެއެވެ. ބިރުގަންނާނީ އެއްވެސް އޮޅުމެއް ޝައްކެއް ވަސްވާހެއްނެތި އިސްލާމް ދީނަކީ ހަމައެކަނި ދީން ކަމަށް ގަބޫލުކުރާ މީހުންނެވެ. އިސްލާމް ދީން ހިތުގެ އަޑިން ގަބޫލު ކުރާ މީހުން އަލިފާނަށް ގަންނަ ބިރު ގަންނާނެއެވެ. އެހެނީ މަގުފުރެދި އެދީނުން އެއްކިބާ ވެއްޖެނަމަ އެމީހަކު އެރެންޖެހޭނި އަލިފާނުގެ ތެރެއަށްކަން އެމީހާ ރަގަޅަށް ދަންނާނެއެވެ

Anonymous said...

އެއީ ކީއްވެ؟ އެންމެ ގިނައިން ބޮން ގޮއްވައިގެން ޖާނުން ފިދާވަނީ އެމީހުންތަ؟ ކަނޑި ލޮންސިން ހަމަލަ ދީގެން ދީން ފަތުރާ ބަޔަކީ އެއީތަ؟ ނުރައްކާތެރި ޖައްބާރު ޖާހިލު ބަޔަކީ އެއީތަ؟

ހިޔާލު ފާޅު ކުރައްވާ!