ގުއަންޓަނާމޯބޭ އިން ޓެރެރިސްޓުން ރާއްޖެ ގެނައުމަށް މިހާރުގެ ރައީސް ފައިވިއްދާލައިގެން މިއުޅެނީ އަނެއްކާ ކޮންކޮޅަކުން އިރުއެރީބާއެވެ؟..
މީ އަޖައިބެކެވެ.. ބޮޑު އަޖައިބެކެވެ. މިކަމުގައި ފޮރުވިފައިވާ ކޮންމެސް ކަންތައްގަނޑެއް އުޅޭހެން ބަކުރުބެއަށް އެބަ ހީވެއެވެ. މިހެން މިބުނީ ކުއްލިއަކަށް މިގައުމުގެ މިހާރުގެ ރައީސް އިސްލާމް ދީނަށް މާ ބޮޑަކަށް ލޯބިވެ އިސްލާމީ "އަޚުން" ކޮޅެއް މާލެ ގެނައުމަށް ވަރަށް އަވަދި ނެތި މަސައްކަތް ކުރައްވާތީއެވެ. ކާފަރުންގެ ޖަލަކުން މުސްލިމް އަސީރުން ކޮޅެއް ސަލާމަތް ކޮށް އެކަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން އުޅޭތީއެވެ. އަދި މިކަމާ އިދިކޮޅަށް ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ފަސް އެނބުރި ނުބަލާނެ ކަމަށާއި އިތުރަށް އެވާހަކަދައްކާ ޖަވާބުދާރީ ނުވާނެކަމަށް ވަނީ ބުނެފައެވެ. ހައިރާން ވަނީ މިހެންވެގެންނެވެ. ތިރީގައި މިލިޔެލަނީއެވެ....
1- މިޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އެކްސްޓރީމިޒަމް ނުވަތަ ޓެރެރިޒަމަށް ވާގިދީފާނެ ފަދަ މީހުން މިޤައުމުގައި ގިނަވަމުން ދާތީކަމަށް ރައީސް ބުނެފައި ވީހިނދު ޓެރަރިސްޓުންގެ ގޮތުގައި ބަނދުކޮށްފައިތިބި ބަޔަކު މިގައުމަށް އަނެއްކާ ގެންނަން އުޅޭތީއެވެ.
2- އަވައްޓެރި ގައުމުތަކުގައި ރާއްޖޭގައި ނުރައްކާތެރި ޓެރެރިސްޓުން ތިބި ކަމަށް ބުނެފައި އެއަށްވުރެ ނުރައްކާތެރި ބަޔަކު މިތަނަށް ގެނައުމުން ތާކުންތާކު ނުޖެހޭތީއެވެ.
3- އެޖަލުން އެމީހުން މިނިވަން ކުރަން ހުށައެޅީ ރާއްޖެއަކުން ނޫނެވެ. މީ އެމެރިކާއިން އެދިގެން ކުރުވާ ކަމެކެވެ. މީގެން ވެސް އެނގެނީ އެމެރިކާ ނުވަތަ ހުޅަންގުގެ ޑިމޮކްރަސީގެ އަޅުވެތިކަމުގެ ދަށަށް މިޤައުމު ގޮސްފައިވާވަރެވެ. އެމެރިކާއިން މިކަން ކުރަން ބުނެފި އެވެ. ދެން ރެކެވޭކަށް ނެތެވެ.
4- މިގެނެވޭ މީހުންނަކީ ޓެރެރިސްޓުން ނޫންކަމުގެ ޔަގީންކަން އޮތްވާހަކަ ރައީސް ބުނުމުންނެވެ. ދެން އެހެން ވިއްޔާ ކިއްކުރަންތޯ މިގައުމަށް ގެންނަނީ؟ އެމީހުންނަކީ ކުއްވެރިން ނޫންކަމުގައި ވާނަމަ އެމީހުންގެ އަމިއްލަ ވަޒަނަށް ދޫކޮށްލަން ވީނުންތޯއެވެ. އަނެއްކާ މިޤައުމަށް ގެނެސް އިތުރަށް އަޅުވެތި ކުރުމުގެ ބޭނުމެއް ކޮބައިތޯއެވެ؟
5- މިފަދަ ކުށެއް ނެތް ބަޔަކު މިހާ ދުވަސް ވަންދެން ޖަލެއްގައި އެހާމެ ނުބައި ބަދުނާމެއް ބޮލުގައި އަޅުވާފައި ބޭތިއްބީތީވެ އެމެރިކާ ގޮވައިގެން ކޯޓަށް ދިއުމަށް ނުވަތަ އެމްނެސްޓީ އިންޓަރނޭޝަނަލް ނުވަތަ ދުނިޔޭގެ ހިއުމަން ރައިޓްސް ގައި މައްސަލަ ނުޖައްސަވަނީ ކީއްވެތޯއެވެ.
6- އެފަދައިން އެމެރިކާ ކަންކޮށްފައި ވާއިރު އެމެރިކާއަށް ނުރުހުމުގެ ބަހެއްވެސް ނުބުނެ އަދި ނުވިތާކަށް އެކަން ކުއްވެރި ނުކޮށް މިހާ މުސްލިމުންނަށް ހެޔޮފުޅުވެގެން މިއުޅެނީ ކީއްވެބާއެވެ.
7- ރާއްޖެއަށް މިގެނެވެނީ އެފަދަ ނުރައްކާތެރި ބައެއް ނޫންކަމަށްބުނެ އަދި އެފަދަ ނުރައްކަލެއް ކުރިމަތި ނުވާނޭ ކަމަށް ބުނީމައި އަދި ވަކިން ބޮޑަށް މިކަން ޖޯކުވެއެވެ. ރައީސަށް މިކަން އެނގުނީ ކިހިނަކުންބާއޭ ހިތަށްއަރައެވެ.
މިހިރީ ހައްތަހާވެސް ހިތުގައި ޝައްކުއުފެދޭ ކަންތައްތަކެވެ. ބަކުރުބެވެސް އެދެނީ ގުއަންޓަނާމޯބޭ ޖަލުގައި ތިބި މުސްލިމުން މިނިވަން ކުރާށެވެ. އެކަމަކު ބަކުރުބެ އެދެނީ އެމީހުން އެމީހުންގެ އަމިއްލަ ވަޒަނަށް ދޫކޮއްލުމަށެވެ. ބަކުރުބެ މިހުރިހާ ކަމަކަށް ވިސްނާލާއިރު ޚުލާސާ ކޮއްލަމުން ބުނެލާނީ މީހަމަ ޔަހޫދީންގެ ރޭވުމެކޭ. މިއުޅެނީ ގުއަންޓަނާމޯ އިންގެނައި މުސްލިމު އަޚުން ކޮޅެކޭ ކިޔާފަ ޔަހޫދީންތަކެއް ގެނެސްބަހައްޓައި މިގައުމުގެ ދީނީ ވަހުދަތު ނަގާލާ މިތަނުގައި ޓެރެރިސްޓުން އުފައްދައި އޭގެ ސަބަބުން އިޒްރޭލަށް ނުރައްކާތެރި ކަން ބޮޑުކަމަށް ހާމަކޮށް އިޒުރޭލުލައްވައި މިގައުމު އަޅުވެތިކޮށް މިގައުމު ހިފާ އެމީހުންގެ ވަޒަނަކަށް މިތަން ހަދަން. މިގައުމުގެ މުއްސަނދިކަމުގެ ފައިދާނަގައި މިގައުމު ފަލަސްތީނަށް ހެދިހެން ހަދާލަން. ބޭނުން ވަނީ %100 މުސްލިމް އެންމެ ގައުމެއްވެސް މިދުނިޔޭގައި ނުބޭއްވުން.
- އިޚުލާސްތެރިކަމާއެކު ބަކުރުބެ -
3 ހިޔާލު:
ޓެރަރިސްޓަކު ރާއްޖެ ގެންނާތީ ތިޔަހާވަރަށް ކަންބޮޑުވާން ވީ ކީއްވެތަ؟ ތިޔަ ގެންނަނީ އިސްލާހު ވެފައި ތިބި އެންމެ ދެމީހުންނެއްނު. ރާއްޖޭގައި އެތިބީ އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ޓެރަރިސްޓުން މިނިވަންކަމާކެކު ދޫކޮށްލެވިފައި. އެކަކަ ދެމީހުން ނޫން. ހާހުން ދެހާނުން. އެމީހުންގެ ކިބައިން ރެއަކާ ދުވާލެއް ދަންޏާ ކިތައް ދިވެހި ދަރިން އެބަ ހަލާކު ވަމުން ދޭތަ؟ ކިތައް ފިރިންގެ ސިކުނޑި ދޮވެ ކިތައް އަނބިން އަޅުވެތި އެބަކުރޭތަ. ކިހާ ބޮޑު އަނިޔާއެއް ކިހާ ބަޔަކަށްތަ އެލިބެނީ. މުޅި ރާއްޖެ މިއޮތް ހަލާކުވަނީ. އެކަމަކުވެސް އެކަމާ އެކަކު އެކައްޗެއް ނުބުނޭ. އެންމެ ދެމީހުން އަންނާތީ ބިރުން ފިއްކަނޑައިގެން މިދަނީ. މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫންތަ؟
With all due respects I beg to differ with the author on this issue. Anni like everyone else has done many things both right and wrong. And on this issue of Quantanama Bay prisoners he is absolutely right...
we also wrote about this issue in our blog:
http://dhivehistaff.blogspot.com/2010/05/lets-welcome-aseers-of-guantanmao-bay.html
lots of salaams
mikamugaa bakuru beaai ehgalakah ahuren arameve. sababakee nasheed ge kanthah hunna gothun neve. mihaaru thauleemee manhajun dheenaai adhi dhivehi bas beyru kuraneeeve. meege kurin raa hudhdha kuree eve. veemaa mifadha meehaku dhee naa dhey theregai fikuru kuraane varu vis ne'eve. mashah bunevey nee America in dhe thin haas dollaru libigen kuraa kameh kamuga eve. vasalaam.
ހިޔާލު ފާޅު ކުރައްވާ!