އާރް އެސް އެސް ފީޑް

May 20, 2010

މިސަރުކާރުގެ ޔަހޫދީ ވައުދުތައް!!! (އަޕްޑޭޓް ކުރެވިފައި)




ނޯޓު: މިލިޔުމަކީ ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ކައިރިން ބަލާ ދިރާސާކުރާ މީހެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެކެވެ. އަދި މިލިޔުން ވީހާވެސް ގިނަބަޔަކާ ހިއްސާ ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

ރައްޔިތުންނަށްވީ ވައުދުތަކާއި، ސިއްރުން ޔަހޫދީންނަށްވީ ގިނަގުނަ ވައުދުތަކާއެކު މިސަރުކާރު ވުޖޫދަށް އައީ ވަރަށް ފޮނި އުއްމީދުތަކާއެކުގައެވެ. އެތައްބަޔަކު ހެއްވަމުން އެތައްބަޔަކު ރޮއްވަމުންނެވެ. ސަރުކާރު ފެށޭތާ 15 ދުވަސްތެރޭގައި 300 މިލިޔަންޑޮލަރު ޔަހޫދީންއަތުން ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ރައްޔިތުންތިބީ ވައުދުތަށް ފުއްދޭނެކަމުގެ ފުރިހަމަ އުއްމީދުގައެވެ. ޔަހޫދީން އެއަށްވުރެ އުއްމީދުގައެވެ. ނަމަވެސް ފުރަތަމަ ފަނަރަ ދުވަސްތެރޭ ޔަހުދީންގެ އެއްމެ ވައުދެއްވެސް ފުއްދައިދެވޭހާ ހިއްވަރެއް ރައީސް ނަޝީދަކަށް ނުލިބުނެވެ. ނަތީޔާއަކީ 300 މިލިޔަން ޑޮލަރު ނުލިބުމެވެ. ނަމަވެސް ރައީސް ނަޝީދު ހިއްވަރު ދުލެއްނުކުރައްވައެވެ. ދިވެހި ރައްޔިތުންގެ ހައްގުގައެވެ. (ހިއްވަރު ކޮށްލާފައި ކުރިޔަށް ކިޔަމުން ގެންދާށެވެ)

ކޮންމެއަކަސް މިތަޖުރިބާއިން ރައީސް ނަޝީދަށް ލިބުލު ފިލާވަޅަކީ، ފުރަތަމަވެސް ފުއްދަންޖެހެނީ ޔަހޫދީންގެ ވައުދުތަށްކަމެވެ. އެއަށްފަހު އެމީހުން ލާރިގަނޑު އަޅާލާނެކަމެވެ. އަދި ރައްޔިތުންގެ ވައުދުތަށް ފުއްދާލެވޭނެކަމެވެ. ނަމަވެސް ރަނގަޅަށް ލޯހުޅުވާފައި ބަލާލިއިރު، ހެދުނު ކޮހަކުން ފޮރިން މިނިސްޓްރީ މިހިރީ ގައުމީޕާޓީއާ ހަވާލުކުރެވިފައެވެ. މިކަމާ ގޮތްހުސްވެގެންގޮސް ޑރ. ޝަހީދު ކުޑަކޮށް ކޮށްޓާލިއެވެ. ޝަހީދަކީ ކުރިންވެސް މިކަމުގައި އުޅެފަހުރި ބޭފުޅަކަށްވުމުން ވަގުތުން ރައީސް ނަށީދަށް ބައިއަތު ހިފިއެވެ. ރައީސް ނަޝީދާއި ޔާހޫދީން ބޭނުން ކޮންމެކަމެއް ކޮށްދީފައި ޝަހީދު ބޭނުންވަނީ ޑޮލަރެވެ. ޔޫއެސް ޑޮލަރެވެ. އެހިސާބުން އެފެށުނީއެވެ. ގުއި ނުދޮންނަ ޔަހޫދީންނާއި ކްރިސްޓިއަންދީން ފަތުރާމީހުން ރާއެޖެ ގެނެސްފިއެވެ. ރައީސް އޮފީސް ތެރޭގައި އެކަކު، މުލިޔާގޭގައި އަނެކަކު ބަހައްޓައިފިއެވެ. ޕޮލިޓިކަލް އެޑުވައިޒަރޭ ކިޔާފައި ރައްޔިތުން ބޮލުގައި ތެއްގޯނި އެޅުވިއެވެ. ބާކީތިބި ދީންފަތުރާމީހުންނަކީ، ޓީޗަތުންނާއި ޑޮކްޓަރުންނެވެ. މިމީހުންގަނޑު ފޮނުވާލީ ރާއްޖެތެރެއަށެވެ.

ދެންވީގޮތަކީތޯއެވެ. މާލޭގައިތިބި ޔަހޫދީންގެ މީހުން، އިޒުރޭލާއެކު ސިޔާސީ ގުޅުންގާއިމުކުރުމަށް އަންގައިފިއެވެ. ހަމަވަގުތުން ޑރ. ޝަހީދު ދުވެފައިގޮސް މިކަންނިންމައިފިއެވެ. އަދި އެވަރުންނުވެގެން އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު ދަރިވަރުންނަށް ކިޔަވާދެއްވާ މުދައްރިސުން އިޒުރޭލުން ތަމްރީނު ކުރުމާށާއި މުދައްރިސުން ހޯދުމުގެ އެއްބަސްވުމެއްގައިވެސް ސޮއެކުރީއެވެ. މިވާހަކަ ޓީވީއެމް އިންވެސް ގޮވިއެވެ. އަދި ހަމަ އިޒުރޭލާއެކު ވެފައިވާ އެއްބަސްވުމުގެ އަނެއްބައިތަކަކީ، ތައުލީމީ ނިޒާމުން އިސްލާމް މާއްދާ އުވާލުމެވެ. އިސްލާމްދީން ކިޔަވައިދިނުން ހުއްޓުވުމެވެ ނުވަތަ ހަނި ކުރުމެވެ. އަދި މަސްތުވާ ތަކެތި އާއްމުކުރުމަށާއި ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަންދިނުމާއި އިސްލާމީ ޝަރީއަތުގެ ބައެއް ހުކުމްތަށް އުވާލުމަށާއި އިސްލާމް ދީން ފަތުރާ މީހުންނަށް ދަތިކުރުމަށާއި ކްރިސްޓިއަން ދީން ފަތުރާ މީހުންނަށް ގޯނާނުކުރުމަށާއި އަންހެނުން ކުރިއެރުވުމުގެ ނަމުގައި އަންހެނުން ޔޫޒް' ކުރުމަށެވެ. ޔަހޫދީންގެ މިވައުދުތަށް ފުއްދައި ދީފިނަމަ އެތައް ބިލިޔަން ޑޮލަރެއް ލިބޭނެކަމުގެ ހުވަފެން ދެއްކިއެވެ. މިކަނޑުކޮހުންތަށް މިކަން ގަބޫލުކުރިއެވެ. އަދި އެޑްވާންސް ޕޭމެންޓެއްގެ ގޮތުގައި އެތައް މިލިޔަން ޑޮލަރެއް ޑރ. ޝަހީދާއި ރައީސް ނަޝީދުގެ ސްވީޒް އެކައުންޓުތަކަށް ޖަމާކުރިއެވެ. މިކަމުގެ ހަގީގަތް އެމްޑީޕީ ގެ ބޮޑެތި ބޮޑެތީންނަކަށްވެސް ނޭނގޭނެއެވެ.

މިކަންތަށް މިހާރު ފެށިއްޖެއެވެ. އެގޮތުން ޕާކިސްތާނުގެ ރަނގަޅު ތަންތަނުގައި ދީން ކިޔަވަންތިބި ދަރިވަރުންތަކެއް ހައްޔަރުކޮށްގެން ގެނެސްފިއެވެ. ޓެރަރިސްޓުންގެ ނަމުގައެވެ. ނަމަވެސް އެއްވެސް ހެއްކެއް ނެތެވެ. ދެންއޮތީ ރާއްޖޭގެ ސްކޫލްތަކެވެ. އެޑިއުކޭޝަނެވެ. މިތަނުގައިވެސް މިހިރީ އެހެން ޕާޓީއެއްގެމީހެކެވެ. ދީން ގަބޫލު ނުކުރާ މުސްތަފާ ލުތުފީއެވެ. ނަމަވެސް މީނާ އަތުއަޅުވާލާކަށް މާކައުނދަގުލެއް ނުވިއެވެ. ނަމަވެސް މުސްތަފާ އެމްޑީޕީ އަށް ސޮއެނުކުރުމަށް ސީދާ ރައީސް ނަށީދު އެންގެވިއެވެ. ބޭނުމަކީ މުސްތަފާ ލައްވާ މިގޭސްގަނޑު އަނބުރުވާފައި، ނާއިބު ރައީސް ޕާޓީގެ ބޮލުގައި އެޅުވުމެވެ. ބަނގުރާ މައްސަލާގައިވެސް ހެދީ އެހެންނެވެ. އެހިސާބުން ގޭސްގަނޑު ފެށުނީއެވެ. ގްރޭޑް 11، 12 އިގެ ދަރިވަރުންނަށް އިސްލާމް ދިވެހި އިޚްތިޔާރީ އެއްޗަކަށް ހަދައިފިއެވެ. ބޭނުންކުއްޖަކު ކިޔަވަންވީއެވެ. ބޭނުންކުއްޖަކު ދޫކޮށްލަންވީއެވެ. މިހެންގޮސް ދެން އިވޭނީ ދީންވެސް އިޚްތިޔާރީވާއަޑެވެ. އަދިހަމައެއާއެކު، ގްރޭޑް 10،9،8 ގެ ދަރިވަރުންނަށް މިއުޒިކް މާއްދާއެއްގެ ގޮތުގައި ހަދައިފިއެވެ. ގުރުއާން ދަށައްޖައްސައި މިއުޒިކާ އެއް ކެޓަގަރީއަކަށް ލައިފިއެވެ. މިއުޒިކު ކިޔަވާ ކުއްޖަކު މިއުޒިކު، ގުރުއާން ކިޔަވަން ބޭނުން ކުއްޖަކު ގުރުއާން، ދޭތިން އެކައްޗެވެ. ސުވާލަކީ ދެންވާނީ ކިހިނެތްތޯ އެވެ. ޖަވާބު ވަރަށް ސާފެވެ. ރައްޔިތުން ނިކުންނާނެއެވެ. ފުރާނަޔަށްވުރެ ބޮޑަށް އިސްލާމްދީން ދެކެ ލޯބިވާ ދިވެހި ރައްޔިތުން، އެމީހުންގެ އީމާންކަން ބޭރަށް ނެރެ އިސްލާމްކަން ދައްކާލާނެއެވެ. މިފަހަރު ރައީސް ނަށީދުގެ ދުވަސް ދުއްވާލުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދެން އޮތް ސުވާލަކީ ޔަހޫދީންގެ މިވައުދު ނުފުއްދިއްޖެނަމަ ވާނީ ކިހިނެތްތޯއެވެ. މިމައުލޫމާތު އަދި އަޅުގަނޑަކަށް ނުލިބެއެވެ. ނަމަވެސް ލަފާކުރެވޭގޮތުގައި 500 ވަރަކަށް މިލިޔަނަށް ޑޮލަރު އުނިވާނެއެވެ.


ދެންއޮތީ ޔަހޫދީންނަށްވީ މަސްތު ވައުދެވެ. ޔަހޫދީން ބޭނުންވީ، ހުރިހާ ބާވަތެއްގެ މަސްތުވާތަކެއްޗެއް އަތްފޯރާފަށަށް ގެންނާށެވެ. ހިކި އެއްޗެއްސާއި ދިޔާއެއްޗެއްސެވެ. ނަމަވެސް 5 ވައުދުގެ ތެރޭގައި ޑްރަގަށް ހުޅުވި ދޮރުތަށް ބަންދުކުރުން ހިމެނެއެވެ. ނަމަވެސް ކުޑަދޮރު ތަކެއް 5 ވައުދަކު ނުހިމެނެއެވެ. ދެން ހުޅުވާލީ ކުޑަދޮރެވެ. ޖަހާލީ އިޒުރޭލުން ފަލަސްތީނަށް ފޮނުވާކަހަލަ ރޮކެޓެކެވެ. ބަނގުރާ ހުއްޓުވުމުގެ ނަމުގައެވެ. މީހުން އުޅޭރައްރަށުގައި ބަނގުރާ ވިއްކުމުގެ ގަވާއިދެއްހެދިއެވެ. މިގަވާއިދު ކިޔާލި ކޮންމެމިހަކަށް އެއީ ބަނގުރާ އާއްމުކުރުމަށް ހުޅުވި ބޮޑު ސިންގާ ދޮރެއްކަން އެނގޭނެއެވެ. ނަމަވެސް ދިވެހި ރައްޔިތުން މިކަމާވެސް އިދިކޮޅުހެދިއެވެ. އަދި މިރާއްޖޭގައި މިހާތަނަށް ބޭއްވި އެއްމެ ބޮޑުމުޒާހަރާ ބޭއްވިއެވެ. ސަރުކާރު އެލާޓަށް އައިސް ޔަހޫދީން ރަތަށް އެރިއެވެ. އެއްމެފަހުން ގޮތް ހުސްވެގެން އަމާންދީފިއެވެ. ޔަހޫދީން ދޭންބުނި ފައިސާއިން 200 މިލިޔަނެއްހާ ޑޮލަރު އުނިވާނެކަމަށް ލަފާކުރެވެއެވެ. ވައުދާ ޚިލާފްވީމައެވެ.

ދެންއޮތީ ކާފަރުވުމުގެ ވާހަކައެވެ. ޔަހޫދީންނާއި އެކު މިސަރުކަރުން ވީ އަނެއް ވައުދަކީ، އެމީހަކު ބޭނުންދީނަކަށް އެމީހަކު އުޅުމުގެ މިނިވަންކަން ދިނުމާއި ބުދު ފައްޅި އެޅުމުގެ ހުއްދައެއް ދިނުމުގެ ވައުދެވެ. ރާއްޖެއިން ސޮއެކޮށްފައިވާ ތަފާތު އެކިއެކި މުއާހަދާތައް ބަހަނާޔަކަށް ދައްކާގެން، އިންސާނީ ހައްގުތަކުގެ ނަމުގައެވެ. އަދި މިހާރު ރާއްޖެއަށް އަލިފްދާލުން މިލިބުނު އިންސާނީ ހައްގުތަކާބެހޭ ގޮނޑީގެ ހައްގުގައޭ ކިޔާފައެވެ. ރައްޔިތުން ވާވައްދާފައި، މަޖިލީހުން މިކަން ނިންމާލުމުގެ ނުބައި ރޭވުން ވަނީ ރާވާފައެވެ. ނަމަވެސް މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ ޑީއާރުޕީ އަށެވެ. އެކަމަކު، ރައީސް ނަޝީދު ހިއްވަރު ދުލެއްނުކުރައްވައެވެ. އަނެއްކާވެސް އެޑްވާންސް ފައިސާކޮޅެއް ހޯއްދަވައިގެން މެމްބްރުން މިދަނީ ގަންނަމުންނެވެ. އަލްހާނު ގަނެފިއެވެ. ދެންއޮތީ ޕީއޭ އަތު އަޅުވާލުމެވެ. ކެނޑިނޭޅި އެގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ދިވެހިރައްޔިތުންގެ ހައްގުގައެވެ. ދެންއޮތީ ބުދުފައްޅި އެޅުމުގެ ހަނި ހަނި ހުއްދައެއް ހޯދުމުގެ ވާހަކަ އެވެ. އެމްޑީޕީ ކުދިންނަށް އެހާގަބޫލުކުރަން ފަސޭހަނުވިޔަސް މިއީވެސް ހަގީގަތެކެވެ. އަޅުގަނޑާއެކު މަޖިލީހައް ވަޑައިގަންނަވާށެވެ. ދިވެހިރާއްޖޭގައި ބުދު ފައްޅި އެޅުން ގާނޫނަކުން މަނާކުރާބިލެއް މުއްތަލިބު މަޖިލީހަށް ނުވައްދަވާތޯއެވެ؟ ވެއްދިއެވެ. ވެއްދުމާއެކު ޔަހޫދީން ރެޑް އެލާޓަށް އެރިއެވެ. އަދި، ޖެހިގެންއައި ރޭޑިއޯ ޚިތޯބުގައި އިސްލާމް ދީނުގައި މިކަން އޮތްގޮތް ބައްލަވާފައި ނޫނީ މިބިލު ތަސްދީގު ނުކުރައްވާނޭކަމަށް ވިދާޅުނުވޭތޯއެވެ؟ އެހެންދީންތަކުގެމީހުން އަޅުކަން ކުރުމުގެ ހައްގުތަކުގެ ވާހަކަ ނުދައްކަވާތޯއެވެ؟ ދެއްކެވިއެވެ. އެމަނިކްމާނުގެ ހިތްޕުޅުގައި އެހެންދީންތަކަތް އޮތް ލޯބިވެސް ފާޅުވިއެވެ. ދެންވީގޮތަކީތޯއެވެ. ރައީސް ނަޝީދަށް އޮޅުމަކުން ނަމަވެސް އިލްމުވެރިންގެ ލަފާ ބޭނުންވާ ވާހަކަވަނީ ދެންނެވިފައެވެ. ތުނބުޅި ކިތަންމެ ދިގަސް އައޮގުރާނަ ނުގޮވިޔަސް ރާނުބޮއެ އުޅުނަސް ޒިނޭ ނުކުރިޔަސް އެންމެ ބުއްދިވެރީ އިލްމުވެރިންކަން މިވަނީ ސާބިތެވެ. އިލްމުވެރިން ވައްޓާލީ އެޓަމް ބޮމެކެވެ. ޔަހޫދީންނާއި ނަޝީދުގެ ހުވަފެންތަށް ފެނަށް ދުއްވާލައިފިއެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގަވާއިދު އެކުލަވާލީއެވެ. އެގަވާއިދުގައި، ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ބުދުފައްޅިއެއް ނޭޅޭނެކަމަށާއި އިސްލާމް ދީންނޫން އެހެންދީނެއް ކިޔަވައި ނުދެވޭނެކަމަށާއި އިސްލާމްދީން ނޫން އެހެންދީނެއްގެ ދައުވަތުވެސް ރާއްޖޭގައި ނުދެވޭނެކަމަށާއި އެހެންދީނަކަށް މީހުން ޝައުގުވެރިވާކަހަލަ ވަހަކައެއްވެސް ނުދެއްކޭނެކަމަށާއި އިސްލާމްދީނަށް މަލާމާތްވެސް ނުކުރެވޭނެކަމަށާއި، މިފަދަ ލާދީނީ ހުރިހާކަމެއް ވަނީ މަނާކޮށް އިސްލާމްދީން ހިމާޔަތްކޮށްފައެވެ. ޔަހޫދީންގަނޑު މިފަހަރު އެރިތަނެއްވެސް ނޭނގެއެވެ. ރައީސް ނަށީދު ހިއްލަތާއެއްކޮށް އެރީ ޖައްވަށް ތޯއްޗެކެވެ. ގަވާއިދު ގެޒެޓުނުކުރިއެވެ. ގާނޫނީ މައްސަލައެއް ނެތް ކަމަށާއި ޕޮލިސީ މައްލަލަ އެބައުޅޭކަމަށް ބުންޏެވެ. ސުވާލަކީ މިކަންނިމޭނީ ކިހިނަކުންތޯ އާއި މިކަމުން ސަރުކާރަށް މާލީގޮތުން ކިހާ ބޮޑު ގެއްލުމެއް ލިބޭނެތޯއެވެ؟ ޖަވާބު މިއޮތީ ފެންނާށެވެ. ގަވާއިދުގެ ބައެއްކަން ކަން އިސްލާހުކޮށްގެން ގެނައީމާ އަނެއްކާވެސް ދަންމާނެއެވެ. އެމީހުން އެބުނާ ޔަހޫދީ ޕޮލިސީއާ ޚިލާފް މައްސަލަތަށް ހުރީމައެވެ. ނަމަވެސް މިގަވާއިދެއް އެމީހުންބޭނުންވާގޮތަށް، އެހެންދީންތަކަށް ފުރުސަތުލިބޭގޮތަށް ބަދަލެއްއްނުކުރާނެއެވެ. ޑރ. މަޖީދަށް ވިހި ރިސޯޓު ދިނަސް ނުކުރާނެއެވެ. އެންމެފަހުން އެހެންގޮތެއްނެތިގެން ފެންނާނީ ގެޒެޓުކުރާ ތަނެވެ. ލަފާކުރެވޭގޮތުގައި ބިލިޔަނެއްހާ ޑޮލަރު ޔަހޫދީން މިކަމަށް ކަނޑައަޅާފައި ވާނެއެވެ. ވައުދު ނުފުއްދޭ ސަރުކާރެކޭ، އެމީހުންވެސް ބުނާނެތާއެވެ.


ދެން ހުރި ވާހަކަ ތައް ކުރުކޮށްލާނަމެވެ. މިކަންތަށް ތަކަށްވެސް އެތައް މިލިޔަށް ޑޮލަރެއް ޔަހޫދީން ވަނީ ހުށައަޅާފައެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. އިސްލާމީޝަރީއަތުގެ ބައެއް ހުކުމްފުޅުތައް އުވާލުމުގެ ވައުދުގެ ދަށުން، ރޭޑިޔޯ ޚިތޯބުގައި ޤުރުއާނުގައި ބާވައިލައްވާފައިވާ ހުކުމްފުޅުތަކާ އިދިކޮޅުހަދައި އިންކާރުކޮށް ވާހަކަދައްކައިފިއެވެ. އަދި ހަމަ ސީދާ ރައީސް ނަޝީދަށް ނިސްބަތްވާ މިނިވަން ވެބްސައިޓުގައި އިސްލާމީޝަރީއަތަށް އެއްޗެހިގޮވާފައި ލިޔަމުން ދެއެވެ. އަދި އެވަރުން ނުވެގެން ޖަރުމަނު ވިލާތަށްގޮސް ރާއްޖޭގެ ޝަރުއީނިޒާމު ހަރުދަނާކުރާށޭކިޔާފައި ޖަރުމަނުގެ އެހީއަތް އެދި ދިވެހިންގެ އިސްލާމީ ވަންތަކަމާއި ހައިބަތާއި ކަރާމާތް ވެއްޔާ މޮޑެފިއެވެ.
ދެން އޮތީ ދީން ފެތުރުމުގެ ވާހަކައެވެ. ސީދާ ޔަހޫދީންގެ އަމުރަށް، އިސްލާމްދީނުގެ އިލްމުވެރިންނަށް އަންނަނީ ދަތި ކުރަމުން، ކުރިސްޓިއަންދީނުގެ އިލްމުވެރިންނަށް ފަހި ކުރަމުންނެވެ. އެގޮތުން ޑރ. ޒާކިރު ނައިކުގެ ދަރުސަށް ތަފާތު ބޮޑެތި ހުރަސްތަކާއި ދުއްތުރާތައް އަންނަނީ ކުރިމަތި ކުރަމުންނެވެ. އަދި ހަމަ އެއާއެކު އެމްއެންޑީއެފް ގައި ޝެއިޚް އިލްޔާސް ދެއްވަން އޮތް ދަރުސް ވަނީ ހުއްޓުވާފައެވެ. އަދި ވީޓީވީން އަންނަ ދީނީ ޕްރޮގުރާމްތަކަށް ހުރަސް އަޅަމުންދާ ވާހަކަ ޚުދު ޝެއިޚް އިލްޔާސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ޑޭވިޑް ހާޑިންހަމްމެންކަހަލަ ކުރީސަރުކާރުން ކުރިސްޓިއަން ދީން ފަތުރާގެން ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލާފައިވާ ބޮޑެތި ފާދިރީންތަށްވެސް ވަނީ ރާއްޖެ ގެނެސްފައެވެ. ސަރުކާރުގެ އިސްވެރިންނާ ދުވަހުން ދުވަހަށް ބައްދަލު ކުރެއެވެ. ޕޮލިސީތަށް ކަނޑައެޅުމަށްފަހު އަމުރު މައުރޫފު ހިންގައެވެ.

ދެން އޮތީ އަންހެނުންގެ ވާހަކައެވެ. އަބަދުވެސް އިސްލާމްދީން ބަދުނާމު ކުރުމަށްޓަކައި
އަންހެނުންގެ ބޮލަށް ސަވާރުވުމަކީ ޔަހޫދީން ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން އެންމެ ފާހަނގަ ކޮށްލެވޭކަމަކީ، ސީދާ ޔަހޫދީންގެ އެދުމުގެމަތިން، ދިވެހި އަންހެން ކަނބަލުންގެ ކަރާމާތާއި އިއްޒަތާއި ޝަރަފަށް ބަލާލުމެއްނެތި، ދުނިޔޭގެ ވެރިންގެތެރޭގައި ހުރި ހަމައެކަނި އަންހެނަކާއި އިނދެގެންހުރި އަންހެނާ، ފިންލޭންޑުގެ ބޮޑުވަޒީރާއާއި ބައްދަލު ކުރައްވާ ދިވެހި އަންހެން ކަނބަލުންގެ ތަރައްގީއަށް އެހީތެރިވެދެއްވުމަށް އެދިވަޑައިގަތެވެ. ލަދު ހަޔާތް ކޮބާހެއްޔެވެ. މީނާ ބޭނުންވަނީ ދިވެހި އަންހެނުންނަކީ މިފަދަ ބަޔަކަށް ހަދަންހެއްޔެވެ. އެވަރުން ނުވެގެން ސުވަރުގެ އާއި ނަރަކަޔާ ވެސް ބެހެފިއެވެ. ޤުރުއާނާއި ސުންނަތުގައިހުރި ސުވަރުގެއާއި ނަރަކައިގެ ވާހަކަތަކަށް ބައެމީހުން(ޔަހޫދީން) ނުރުހޭކަމަށާއި، އަދި ނުރުހޭމީހުން ސުވަރުގެއާއި ނަރަކަޔާ އިދިކޮޅަށް ވަކާލާތުކޮށް އަޑުއުފުލުމަށް ނަޝީދު ވަނީ ހަރުއަޑުން ގޮވާލައްވާފައެވެ. މީހަމަ ސީދާ ޑޭވިޑް ހާޑިންހަމްގެ އަމުރަށް މަޖުބޫރުވެގެން ގޮވި ކޮހެކެވެ. އެގޮތުން މިސަރުކާރުގެ ސައިންސް މިނިސްޓަރުގެ ސައިޓުގައި ސުވަރުގެއަށް ޖޯކުޖަހައި ސުވަރުގޭގެ ކާރޓޫނު ކުރަހާފައި ވެއެވެ.

ރައްޔިތުންނޭވެ. ހޭއަރާށެވެ. ފަސް ވައުދު ފުއްދަން މިނޫން އެހެން ގޮތެއް ނެތީހެއްޔެވެ. އަޅުގަނޑުމެން ޕާޓީގެ އެކްޓުވިސްޓުން ކޮބާހެއްޔެވެ. އިސްލާހަތް ނިކުތް މީހުން ކޮބާހެއްޔެވެ. ގައުމުގެ ދީން ހަލާކުވެ ގައުމު އޮރިޔާން ވަމުންދާތަން ބަލަން ތިބެންވީހެއްޔެވެ. ޕާޓީލޯބީގައި އަދިވެސް ތިބެންވީހެއްޔެވެ؟؟؟ އިސްލާމްދީނަށްވުރެ ބޮޑަށް އެމްޑީޕީ ދެކެ ލޯބިވަނީހެއްޔެވެ؟؟؟؟ ކަލޭމެން ފިނޑިވެފައި ތިބޭށެވެ. ފުރާނަ ހުރިހައި ހިނދަކު އަޅުގަނޑުމެން އިސްލާމްދީނާއިގެން ނިކުންނާނަމެވެ. އެހެންގޮތެއްނެތީއްޔާ މުހައްމަދު އަމީނަށް ހެދިހެންވެސް ހަދަންޖެހިދާނެއެވެ.


= މިއީ އީމެއިލް އަކުން ލިބިފައިވާ ލިޔުމެއް. ލިޔުން ފޮނުވި ފަރާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!=

5 ހިޔާލު:

Anonymous said...

ވަރަށް ރަނގަޅު ލިޔުމެއް، މިލިޔުމަކީ ފޮތޯކޮޕީ ހަދައިގެން ބަހަންވެސް ރނގަޅު ލިޔުމެއް

Anonymous said...

ވަރަށަ ފުރިހަމަ ލިޔުމެއް މިހުރީ ބުނާނެ އެއްޗެއްނޭގިފަ މިބައިމީހުންގެ ނުބާކަމާ އަހަރެންނަކީވެސް އަންނިއަށް ވޯޓްދީ އަދި ކެންޕޭނުގައި ހޭބޯނާރާ އުޅުނުމީހެއް އެކަމާހެދި މިހާރުވެސް އާއިލީ ގުޅުން ބަޔަކުމީހުންނާ ކެޑި ބައެއްރައްޓެހިންގެއްލިފައިވާމީހެއް މަވާ ދެން ސަލާމް ނުބާ ނުލަފާކަން މިބާގަނޑުގެ މައުމޫނެއްނޫން ނުލަފައީ މިބައިމީހުން މިތިބީ ހައްދުންނެއްޓިފައި

Anonymous said...

ވަރަށަ ފުރިހަމަ ލިޔުމެއް މިހުރީ ބުނާނެ އެއްޗެއްނޭގިފަ މިބައިމީހުންގެ ނުބާކަމާ އަހަރެންނަކީވެސް އަންނިއަށް ވޯޓްދީ އަދި ކެންޕޭނުގައި ހޭބޯނާރާ އުޅުނުމީހެއް އެކަމާހެދި މިހާރުވެސް އާއިލީ ގުޅުން ބަޔަކުމީހުންނާ ކެޑި ބައެއްރައްޓެހިންގެއްލިފައިވާމީހެއް މަވާ ދެން ސަލާމް ނުބާ ނުލަފާކަން މިބާގަނޑުގެ މައުމޫނެއްނޫން ނުލަފައީ މިބައިމީހުން މިތިބީ ހައްދުންނެއްޓިފައި

Anonymous said...

Yahoo dhee [Jew] are materialist and it is not easy to convert to a Jew from Islam! I tried several times to change my religion but they did not accept it

Anonymous said...

Ooh who want to become a Jew, we know that you and I cannot convert to a Jew, because our mothers are not Jews, but this article is about their mission.

ހިޔާލު ފާޅު ކުރައްވާ!