އާރް އެސް އެސް ފީޑް

May 21, 2010

ސަރަނގު ބޭނުންވަނީ ބަންގި ބަދަލުކުރަން


އެއްވެސް  ކަމެއް މިވެނިގޮތަކަށްކުރާށޭ ބުނާތި އެކަމެއް ނުކުރެވޭ ކަމުގައި މާލޭ މުނިސިޕަލްޓީގެ ރައީސް އަލްއަޚް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ. އާދަމް މަނިކު ވިދާލުވިގޮތުގައި ސިގިރޭޓަކީ ޞިއްޙަތަށް ގެއެލުންހުރި އެއްޗެއްކަމުގައި ޞިއްޙީ މާހިރުން އަބަދު ވިދާޅުވަމުންގެންދަވާތީ އެބޭފުޅާއަށް ސިގިރޭޓް ހިއްޕެވުމުގެ ނުރަގަޅުއާދަ ދޫކޮށްނުލެވިގެން އުޅުއްވަނީ ކަމުގައެވެ. އަދި ކުދިން ކައިރީ އިސްލާމްދީނަށް އުޅޭށޭބުނާ ކަމަށްވައްޏާ އެކުދިން އެގޮތަށް ނޫޅޭނެކަމަށް އެބޭފުޅާ ޤަބޫލުކުރައްވާކަމުގައެވެ. އަދިހަމައެހެންމެ ދީނީ ތަޢްލީމު ދަރިވަރުންނަށް އުނގަންނައިދޭން އުޅޭކަމަށް ވައްޏާ އެކުދިން އެއާއި ދުރަށްދާނެކަމުގައި ވެސް އާދަމް މަނިކު ދެކެވަޑައިގަންނަވައެވެ.

އަލްއަޚް އާދަމް މަނިކުގެ މިފަލްސަފާއަށް ބަލާއިރު އެބޭފުޅާގެ ފިރިހެންދަރިކަލަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރައްވައި އަދި އެފަދަ ތަކެތި ހިއްޕަވަނީ އާދަމް މަނިކު، އެފަދަ ކަންތައްތައް ނުކުރެއްވުމަށް ދަރިކަލުންކައިރީ ވިދާޅުވާލެއް ގިނަކަމުންނެވެ. އަދި މަސްތުވާތަކެތީގެ މަސްއަލައެއްގައި، ސިލޯނުސަރުކާރުން ބަންދުކޮށްފައި ހުރި އާދަމް މަނިކުގެ ދަރިކަލުން މާލެގެންނެވީ، އެކަން އެމަގުން ނުކުރެއްވުމަށް ރައީސް ނަޝީދަށް އާދަމް މަނިކު ދަންނަވާލެއް ގިނަވެގެންނެވެ.

އާދަމް މަނިކަކީ ޞިއްޙީދާއިރާގެ ބޭފުޅުންގެ ޢަމަލުފުޅުތައް ހުރިގޮތުން ނަމަވެސް ސިގިރޭޓް ހިއްޕެވުމަށް އާދަވެފައި ހުންނަވާ ބޭފުޅެކެވެ. މިގޮތުން ނަމާދަށް ބަންގިގޮވާ ގަޑީގައި އޮފީސްކައިރީ ސިގިރޭޓް ހިއްޕަވަން ހުންނަވާތީ ފެނެއެވެ. އަދި އެބޭފުޅާ ނަމާދަށްގޮވީމައި އެކަމަށް އިޖާބަނުދެއްވަނީ ބަންގީގައި " حي على الصلاة " ( ނަމާދަށް އަވަހަށް އަންނާށޭ ) މިހެން ގޮވާތީއެވެ. އެހެންވީމާ މިހާރު އާދަމް މަނިކު ބޭނުންފުޅުވެލައްވަނީ ބަންގި އިޞްލާޙު ކުރާށެވެ. ސަބަބަކީ ނަމާދަށް އަވަހަށް އަވަހަށް އަންނާށޭ ގޮވާތީ އެބޭފުޅާއަށް އެއަށް އިޖާބަ ނުދެއްވޭތީއެވެ.

4 ހިޔާލު:

Anonymous said...

މީދެން ތަންދޮރުނުދަތުމާ ޖާހިލުކަމުގައިވެސް ތަންކޮޅެއް ބޮޑުވަރު. ދެން ކީއްވެބާ މާލޭ މުނިސިޕަލްޓީން އެތައް ކަމަކަށް ދިވެހިންނަށް މަޖުބޫރުކުރަނީ.

Anonymous said...

އާ ދެން އާދަމް މަނިކު ނަމަދަން ނުނާތި މިހެން ގޮވަން ދާންވީ އޭނާގެ އޮފީސް ކުރިމައްޗަށް ހުރިހާ ރައްޔިތުން

Anonymous said...

ކީއްކުރަން ބަންގި ގޮވަންވީ. އެލާމެއް އަޅަންވީނު؟

Anonymous said...

bangi adhu ahan beynun nuvanya kaley kanfatha thimara viruvafa alha kommehen elaam alhaane kameh nei

ހިޔާލު ފާޅު ކުރައްވާ!