އާރް އެސް އެސް ފީޑް

May 23, 2010

އިސްލާމް، ދިވެހި ނައްތާލުމުގެ މޭސްތިރި


ލިޔުނީ:މުޝްރިފް
ސަލީބީން މުސްލިމުންނާއި ދެކޮޅަށް ކަނޑިބަޑިން ކުރަމުންއައި ހަނގުރާމައިގައި މުސްލިމުން ބަލިކަށްނުލެވުމުން ދެން ބެލީ އެހެންގޮތަކުން މުސްލިމުން ބަލިކޮށްލެވޭތޯއެވެ. އެގޮތުން މުސްލިމުންގެ ސިކުނޑިތަކާއި ކުޅެލުމުގެ ހަނގުރާމަ ނުވަތަ ފިކުރީ ހަނގުރާމަ ފެށިއެވެ. މިގޮތުން މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުވުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަން ފެށިއެވެ.

ސަލީބީންގެ ފިކުރީ ހަނގުރާމައިގެ އެންމެ މުހިންމު އަމާޒަކަށްބެލީ މުސްލިމު ޤައުމުތަކުގެ ކަރިކިއުލަމް، ސަލީބީން އެދޭގޮތަށް ބަދަލުކުރުވުމެވެ. މިކަމަށްޓަކައި ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ޔުނިވާސިޓީތަކަށް ކިޔަވަންދާ މުސްލިމުދަރިވަރުންނަކީ ސަލިބީންގެ ބައިވެރިންނަށް ހެދުމަށްޓަކައި ތަފާތު ގޮތްދޮތުން މަސައްކަތް ކުރަމުންދެއެވެ. އަދި މިކަމުގައި ކާމިޔާބުވެސް ދަނީ ހޯދަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަޑުމެންގެ މިދިވެހިރާއްޖޭގައިވެސް ސަލީބީ އޭޖެންޓުންގެ އެތަކެއްމީހުން އެބަތިއްބެވެ. ޚާއްޞަކޮށް ތަޢްލީމީ ދާއިރާގައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެކަކީ ސީއެޗްއެސްއީ ގެ ކުރީގެ ޕްރިންސިޕަލް ފާޠިމަތު ޢާމިރާއެވެ. ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް މިކަނބުލޭގެ ހުރިދުވަސްވަރު އެންމެ ހާސްވެ ފިކުރުބޮޑުވި ކަމަކީ އެތަނުގެ ދަރިވަރުން އިސްލާމްދީނަށް ލޯބިކުރާލެއް ބޮޑުވެގެންނެވެ. ފިރިހެންދަރިވަރުން ޖަމާއަތަށް ނަމާދަށްދާތީ އާއި އަންހެން ދަރިވަރުން އައުރަނިވާކޮށްގެން އުޅޭތީއެވެ. މިކަމާހުރެ ކަންބޮޑުވިވަރުން އެސެމްބްލީ ގަޑީގައި ވެސް އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާފައިވެއެވެ. މިގޮތުން އަންހެންދަރިވަރުންނާއި މުޚާތަބުކޮށް، ކަލޭމެން ކޮންބުރުގާއެއް އަޅާކަށްހޭ މަވެސް ބުރުގާއެއް ނާޅަމެއްނޫންހޭ، މަނާޅާބުރުގާއެއް ކަލޭމެން އަޅާކަށް ނުޖެހޭނޫންހޭ ސުއާލުކޮށްފައިވެއެވެ. އަދި އެތަނުގެ ދަރިވަރުން ކައިރީގައި ޢާމިރާބުނެފައިވެއެވެ. ލިލީމަގުގައި އަންހެންކުދިންނާއި ފިރިހެންކުދިން އަތުގުޅާލައިގެން ހިނގާނެކަމެއްނެތޭ ކަލެމެން ބޭނުންގޮތަކަށް ސްކޫލްތެރޭގައި އުޅޭށޭ، ސްކޫލްތެރެ މިއޮތީއެވެ.

ސީއެޗްއެސްއީގެ ދަރިވަރުން އިސްލާމްދީނަށް ލޯބިކުރާލެއް ބޮޑުކަމުން މީނަގެ ހިތަށް ކެތްނުކުރެވިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ މަތީޘާނަވީގެ ދަރިވަރުން އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަދާދިނުމަށް އެދި ސިޓީއެއްވެސް ފޮނުވާފައެވެ. އޭގެ ދުވަސްކޮޅެއްފަހުން އެޑިއުކޭޝަން މިނިސްޓަރގެ ނާއިބަކަށް އޭރުހުންނެވި ޑރ. މުޙްސިން ކުރެން މިކަނބުލޭގެ އެހިކަމަށްވަނީ ކަރިކިއުލަމް ބަދަލުކުރަށް އެދި ތިމަންނަ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެއެވެ. އެކަން އޮތީ ކިހާހިސާބެއްގައި ހެއްޔެވެ. ޖަވާބުގައި ޑރ. މުޙްސިން ވިދާޅުވެފައިވަނީ ކަރިކިއުލަމަކީ ޢާމިރާ ބޭނުންވީމަ، ނުވަތަ ތިމަންނަބޭނުންވީމަ، އެބޭނުންވާގޮތަކަށް ބަދަލުކުރެވޭ އެއްޗެއް ނޫންކަމުގައެވެ. އެއީ ޤައުމީ ފެންވަރުގައި މަޝްވަރާ ކުރެވިގެން ކުރެވޭ ކަމެއްކަމުގައެވެ. ތަޢްލީމީ މަންހަޖު އިސްލާހުކުރުމާއިބެހޭ ގޮތުން ބޭއްވި ޤައުމީ މަހާސިންތާއިން ނިންމާފައިވާ ނިންމުމާއި ޚިލާފަށް މަންހަޖު އެކުލަވާލުމަށްޓަކައި ރައީސް ނަޝީދުގެ މޭސްތިރި ކަމުގެ ދަށުން އެޑިއުކޭޝާން މިނިސްޓްރީގައި ބޭއްވި ބައްދަލުވުންތަކުގައިވެސް މިކަނބުލޭގެވަނީ އޭނަގެ އެއަލްމާނީ ފަލްސަފާ ކުރިއަށްނެރެފައެވެ. މިގޮތުން މަތީ ޘާނަވީއަކީ ޔުނިވާސިޓީ ތަޢްލީމަށް ދަރިވަރުން ތައްޔާރުކުރާ މަރުހަލާކަމަށާއި އެމަރުހަލާގައި ދިވެހި އިސްލާމް ބޭނުންނުވާނެ ކަމަށް ބުނެ އަޑުއުފުލާފައި ވެއެވެ.

ޢާމިރާގެ މިލާދީނީ ޚިޔާލަށް ރައްދުދެއްވައި ޑރ. އާމާލު ޢަލީ، ދިވެހިޤައުމިއްޔަތުގެ ދިފާއުގައި ދެއްކެވި ރިވެތި ނަމޫނާއަށްޓަކައި ޑރ. އާމާލަށް ވަރަށް ޚާއްޞަ ޝުކުރެއް ހުރިހާ ދިވެހި މުސްލިމުންގެ ނަމުގައި ދަންނަވަމެވެ.

4 ހިޔާލު:

Anonymous said...

ޑރ އާމާލު ޢަލީ އަށް ޝުކުރު އަދާކުރުން ޙައްޤެވެ. ތިފަދަ ދަރިންނަށް މި ޤަޥްމު ފަޚުރުވެރިވެއެވެ

Anonymous said...

އާމާލު އަލީ ބުރުގާ އެޅުއްވީތޯ. ކަލޭމެންގެ ނޫނީ އައުރައެއް ނުހުރޭތަ؟ ކްރިސްޓިއަނުންނެއް ނޫޅޭ ތިޔަ ކަހަލަ ބޯގޯސް ދެ ކެނައިންނަކާ ހެދި. އެމީހުންގެ މީހުން މަދުތަ؟

Anonymous said...

ކަލޯ ހާދަ ކްރިސްޓިއުނާ އައުރީފެއް ތިކުރަނީ ،އަނެއްކާ ބަދަލުކޮލީތަ؟

Anonymous said...

may 24,2010 8:45 am... kaley ge kibayaku comment kuravaruge ilme adhi sikundhi ge thanavas kameh ves nei kama kaleyge comment in dheyha vey...

ހިޔާލު ފާޅު ކުރައްވާ!