އައްސަލާމް އަލައިކުމް.
އެންމެހާ އަޚުންނާއި އުޚުހުތުންނާ އަނެއްކާވެސް މި ބައްދަލު ކުރީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަން ކަމުގެ ބޭނުންކޮށްގެން ތިޔަ އެންމެހާ ފަރާތްތަކަށް ތަފާތު ލިޔުންތަކެއް އަދި މައުލޫމާތު ތަކެއް ގެނެސް ދިނުމަށް ޓަކައެވެ.
ހެކަރުންގެ ފަރާތުން މި ބްލޮގަށް ލިބުނު ހަމަލާއަކާ ގުޅިގެން ބްލޮގް ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް މެދު ކަނޑާލަން ޖެހުނު ކަމަށްޓަކާ ނިހާޔަތަށް މަޢާފަށް އެދެމެވެ. ނަމަވެސް ހެކަރުންނާ ދެމެދު ބަދަލު ކުރެވުނު ވާހަކަތަކަށް ފަހު ﷲ ގެ ރަހުމަތުން މިއަދު މިވަނި ބްލޮގް އަނބުރާ ލިބިފައެވެ.
އަޅުގަނޑުމެންނަށް ބްލޮގް އަނބުރާ ލިބިފައި މިވަނީ ވަރަށް ގިނަ ޝަރުތު ތަކަކާ އެކުގައިކަން ފާހަގަ ކޮށްލާނަމެވެ. މިގޮތުން ހެކު ކުރި ފަރާތުގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިހާރުގެ ސަރުކާރަށް އެއޗިހިކިޔާފައި ލިޔުންތައް ނުލިޔުމަށް އެފަރާތުން އެދިފައިވެއެވެ. މިކަމުގެ ރައްދުގައި އަޅުގަނޑުމެން ބުނަން ބޭނުންވަނީ ކަންކަމަށް ފާޑު ކިޔުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ތިޔަފަރާތަށް ނޭނގެނީ ތޯއެވެ.
ހެކް ކުރިފަރާތުން ބްލޮގްގެ ހުރިހާ ޑާޓާއަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. ހުރިހާ ލިޔުމެއްކަހަލަ ގޮތަކަށް ވަނީ ފޮހެލާފައެވެ. މިކަމަކީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެކެވެ. ބްލޮގްތައް ހެކް ކުރަމުންދާ ފަރާތް ތަކުގެ އެ އަމަލުތައް މި ބްލޮގްގެ ފަރާތުން ވަރަށް ހަރުކަށިކޮށް ކުއްވެރި ކުރަމެވެ.
މާތް ﷲ ގެ އިރާދަ ފުޅާއި އެކު ކުރިއަށް އޮތްތާނގައި ގިނަ ލިޔުންތަކެއް މި ބްލޮގުގެ ފަރާތުން ކިޔުންތެރިންނާ ހަމައަށް ގެނެސް ދެވޭނެ ވާހަކަ ދަންނަވާލަމެވެ. ޝުކުރިއްޔާ!
2 ހިޔާލު:
ވަރަށް އުފަވެއްޖެ. ތިޔަ ބޭފުޅުންގެ މަސައްކަތް އިސްލާމީ ރިވެތި އަޚްލާްގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމަސް ހީކުރަން
މަރްހަބާ މަރްހަބާ
ހިޔާލު ފާޅު ކުރައްވާ!