ދިވެހިރާއްޖެ ދާޚިލީހަނގުރާމައަކާ ދިމާއަށް
ލިޔުނީ: އިބްން އަލީ
ޖައްވުހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފެލޭވާހަކަ، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ވާހަކައަކީ އަލުގަޑުމެންގެ ވެރިން ވަރަށްގިނައިން ދައްކަވައި އުޅުއްވާ ވާހަކައެކެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވެރިކަމާއި ޙަވާލުވިތާ ކުރީކޮޅު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭވަރުގެ ބިމެއް އެހެންކޮންމެވެސް ޤައުމަކުން ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.